ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2024-41
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 09 އޮކްޓޫބަރު 2024 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕޮލިސީ އެންޑް ޕްލޭނިންގ ކޯޑިނޭޓަރ

އިޢުލާން ނަންބަރު: ASND-HCM-IUL-2024-41

މަޤާމް: ޕޮލިސީ އެންޑް ޕްލޭނިންގ ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ތަޢުލީމީ ދާއިރާތައް:

1- ސޯޝަލް ޕޮލިސީ

2- ސޯޝަލް ސައިންސް

3- ޑިވެލޮޕްމަންޓް ސްޓަޑީސް

4- ޕަބްލިކް އެޑްމިނިސްޓްރޭޝަން

5- މެނޭޖްމަންޓް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

1- ސޯޝަލް ސާވިސަސް

2- އެޑްމިނިސްޓްރޭޝަން

3- މެނޭޖްމަންޓް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޖެންސީގެ މެންޑޭޓްގައި ކަނޑައަޅާފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އަދި ޕްލޭންތައް އެކަށައަޅާ، އެޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުމާއި އަދި ޕްލޭންތައް ތަންފީޒުކުރަމުންދާ މިންވަރު ބަލައި ނަތީޖާ ޙާޞިލުކުރާ މިންވަރު ދެނެގަތުން.
  2. އެޖެންސީ ހިންގުމަށް ބޭނުންވާ އެކްޝަން ޕްލޭންތަކާއި ޕްރޮސީޖަރތައް އަދި ޕްރޮޖެކްޓްތައް ކަނޑައަޅައި، އެޕްލޭންތަކާއި ޕްރޮޖެކްޓްތައް ތަންފީޒުކުރެވެމުންދާ ގޮތް ބެލުން.
  3. ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ގައުމީ ސިއްޙީ އިންޝުއަރެންސް ސްކީމްގެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ސްކީމް ހިނގާ ނުހިނގާ ގޮތް ބެލުމާއި އަދި ސްކީމާއި ގުޅިގެން އެޖެންސީއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  4. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި  އެޖެންސީގެ އެހެނިހެން ޚިދުމަތްތަކާއި ގުޅޭ ގޮތުން ތަފާސް ހިސާބު އެއްކޮށް ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކުރުމާއި އަދި ތަފާސްހިސާބު ބަލަހައްޓާ އެނަލައިޒްކުރުން.
  5. އެޖެންސީގެ މަސައްކަތްތަކާއި ގުޅުންހުރި، ދިވެހިރާއްޖެ ބައިވެރިވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތްތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމާއި ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުމާއި އިސްލާކުރަންޖެހޭ ކަންތައްތައް އިޞްލާހުކުރުމަށް މަސައްކަތްކުރުން.
  6. އެޖެންސީއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ލަފައާއި އެހީ ހޯދުމާއި އެފަދަ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރުން.
  7. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކުގެ އެސް.އޯ.ޕީ ތައްޔާރުކުރުމާއި އެސް.އޯ.ޕީ ތަކާއި އެއްގޮތަށް ޕްރޮގްރާމްތައް ތަންފީޒުކުރެވެމުން ދޭތޯ ބެލުމާއި އަދި އެސް.އޯ.ޕީއަށް ބަދަލުގެންޖެހޭނަމަ ސެކްޝަތަކާއި ގުޅިގެން އެބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8.  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރާއި، އެޖެންސީން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ތަކާއި ގުޅިގެން ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާޢިދާއި އުސޫލާއި އެއްގޮތަށް ކުރުން.
  9. ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
  4. ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

 

މުސާރައާއި އިނާޔަތް:

- -/23،000.00 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 09 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން.

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

  

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

02 އޮކްޓޫބަރު 2024