ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން: |
ލީގަލް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ރޭންކް: |
LS1 |
އޮފީސް: |
ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް |
މަޤާމުގެ މުސާރަ: |
-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
އެލަންވަސް/ޢިނާޔަތް: |
- ސަރވިސް އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ) - ލިވިންގ އެލަވަންސް -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް ގެގޮތުގައި މުސާރައިގެ %35 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.) |
މަޤާމުގެ ޝަރުޠު: |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން. 2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން. 3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކިމަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން. 4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދުމަށް އެދޭނަމަ ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން. 5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން. 6- ޝަރީޢަތުގެ މަޖުލިހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން. 7- ޝަރީޢަތުގެ މަޖުލީހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން، އެ މައްސަލައެއް ދެން ބައްލަވާނެ ދުވަހަކާއި ގަޑި ހޯދުން. 8- މީގެ އިތުރުން، ކޯޓުގެ އިސްމެޖިސްޓްރޭޓާއި ވެރިން އަންގާ ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން. 9- ވަޒީފާގެ ވާޖިބުތައް، ކޯޓު ހިންގުމާއި ހަވާލުވެހުންނަ، އެންމެއިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ މި ކޯޓުގެ ކައުންޓަރުން) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން) - އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މާޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޖޫން 24 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ މެއިލްއަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބަލައެއް ނުގަނެވޭނެއެވެ. |
27 ޝަޢުބާން 1436