ވަޒީފާގެ ފުރުޞަތު
ނަންބަރު: A/E7C/2015/18
ޕަބްލިޝްކުރި ތާރީޚް: 14 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 24 ޖޫން 2015 14:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ލީގަލް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:

ލީގަލް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް:

LS1

އޮފީސް:

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ މުސާރަ:

-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

އެލަންވަސް/ޢިނާޔަތް:

- ސަރވިސް އެލަވަންސް -/3000 ރުފިޔާ (ތިންހާސް ރުފިޔާ)

- ލިވިންގ އެލަވަންސް -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް ގެގޮތުގައި މުސާރައިގެ %35

  (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން.

2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކިމަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.

4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދުމަށް އެދޭނަމަ ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން.

5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން.

6- ޝަރީޢަތުގެ މަޖުލިހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން.

7- ޝަރީޢަތުގެ މަޖުލީހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން، އެ މައްސަލައެއް ދެން ބައްލަވާނެ ދުވަހަކާއި ގަޑި ހޯދުން.

8- މީގެ އިތުރުން، ކޯޓުގެ އިސްމެޖިސްޓްރޭޓާއި ވެރިން އަންގާ ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން.

9- ވަޒީފާގެ ވާޖިބުތައް، ކޯޓު ހިންގުމާއި ހަވާލުވެހުންނަ، އެންމެއިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ލިބެން ހުންނާނީ މި ކޯޓުގެ ކައުންޓަރުން)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން)

- އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މާޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،  2015 ޖޫން 24 ވާ ބުދަދުވަހުގެ މެންދުރު 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ މެއިލްއަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބަލައެއް ނުގަނެވޭނެއެވެ. 

27 ޝަޢުބާން 1436

14 ޖޫން 2015