ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 ސެޕްޓެންބަރު 2024 22:56 ގައި ބާތިލް ކުރެވިފައެވެ.
ބީލަމުގެނަން: ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުން |
ބީލަން ނަންބަރު: 400/PROJ/2024/07 |
||
އިއުލާނު ނަމްބަރު: (IUL)400/PRIV/2024/16 |
އިއުލާނުގެ ވަނަ: 02 |
||
ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތެއް ހޯދުމަށް 22 އޮގަސްޓް 2024 ގައި މިކައުންސިލުން ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ބީލަންހުށަހަޅާފައި ނުވާތީ، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު، އަލުން ހުޅުވާލަމެވެ. |
|||
|
|||
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން |
2024 އޮކްޓޯބަރ 8 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް، ވިޔަފާރި ރެޖިސްޓުރީގެކޮޕީ، ބީލަން ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ، މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ. (އެކައުންޓް ނަންބަރު: 7707700295001، އެކައުންޓް ނަން: 1451 Revenue-1) މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ. |
||
ބީލަން ފޮތް |
މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ. |
||
ބީލަން ހުށައެޅުން / ބީލަން ހުޅުވުން |
ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހު 13:30އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހު 13:30ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. |
||
އިތުރު މައުލޫމާތު |
|