ބީލަން
ނަންބަރު: (IUL)400/PRIV/2024/16
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:54
ސުންގަޑި: 08 އޮކްޓޫބަރު 2024 12:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުން

މި އިޢުލާންވަނީ 27 ސެޕްޓެންބަރު 2024 22:56 ގައި ބާތިލް ކުރެވިފައެވެ.


ބީލަމުގެނަން: ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުން

ބީލަން ނަންބަރު: 400/PROJ/2024/07

އިއުލާނު ނަމްބަރު: (IUL)400/PRIV/2024/16

އިއުލާނުގެ ވަނަ: 02

ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތެއް ހޯދުމަށް 22 އޮގަސްޓް 2024 ގައި މިކައުންސިލުން ކުރެވުނު އިއުލާނަށް އެއްވެސް ފަރާތަކުން ބީލަންހުށަހަޅާފައި ނުވާތީ، އެމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު، އަލުން ހުޅުވާލަމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2024 އޮކްޓޯބަރ 8 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް، ވިޔަފާރި ރެޖިސްޓުރީގެކޮޕީ، ބީލަން ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ،  މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

(އެކައުންޓް ނަންބަރު: 7707700295001، އެކައުންޓް ނަން: 1451 Revenue-1)

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހު 13:30އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ. މާވަށު ޔޫތުސެންޓަރ އިމާރާތް ރިނޯވޭޓްކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހު 13:30ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9999871 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
27 ސެޕްޓެންބަރު 2024