ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ނޯޓް: REF.No.116-HR/IL/2015/30 މިނަންބަރު އިޢުލާނުގައި ޝާއިޢުކުރެވިފައިވާ މެނޭޖަރ- ގްރީވަންސް މަޤާމުގެ ބަދަލުގައި މެނޭޖަރ- އެމްޕްލޮޔީ ރިލޭޝަންގެ ގެ މަޤާމު، އަދި އެސޯސިއޭޓް މެނޭޖަރގެ މަޤާމުގެ ބަދަލުގައި މެނޭޖަރ، ރިވޯޑްސް އެންޑް ޕޮލިސީގެ މަޤާމު އިޢުލާންކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މަޤާމު: މެނޭޖަރ، އެމްޕްލޮޔީ ރިލޭޝަންސް
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ހިއުމަން ރިސޯސް ޑިވިޜަން
ޝަރުތު:
- ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް /ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
- ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ފަރިތަކަމާއެކު އިނގިރޭސިބަހުން ލިޔެކިޔާ، މުޢާމަލާތުކުރަން އެންގުން.
- އެހެންމީހުންގެ އިޙުސާސްތައް ފަސޭހައިން ދެނެގަނެވޭ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތްތައް: މަހަކު -/20,000 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ގްރީވަންސް ޕޮލިސީގައިވާ ގޮތުގެމަތިން މުވައްޒަފުންގެ ގްރީވެންސް ބެލެހެއްޓުން.
- ކުންފުނީގެ އެމްޕްލޯއީ ރިލޭޝަންސް ޕްރޮގްރާމާއި ޕޮލިސީތަކާއި ޕްރޮސީޖަރތައް ޑިޒައިންކޮށް، ރާވައި ތަންފީޒުކުރުން.
މަޤާމު: މެނޭޖަރ، ރިވޯޑްސް އެންޑް ޕޮލިސީ
ބޭނުންވާ އަދަދު: 01
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ހިއުމަން ރިސޯސް ޑިވިޜަން
ޝަރުޠު:
- ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
- ރިވޯޑްސް އެންޑް ޕޮލިސީއާ ގުޅުންހުރި މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މުސާރައިގެ އޮނިގަނޑު ރޭވުމާއި، ބެންޗްމާކިންގ އެކްސަސައިޒްތައް ހިންގާފައިވުން.
މުސާރައާއި އިނާޔަތްތަކަށް : މަހަކު -/20,000 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ބޭނުންތަކާ އެއްގޮތަށް އޯގަނައިޒޭޝަނާއި، މަސައްކަތުގެ ހުނަރުވެރިކަން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމު ތަރައްޤީކުރުމާއި އަދި ރިވޯޑް ސްކީމް، މުސާރައިގެ އޮނިގަނޑާއި، މަޤާމުތަކުގެ ގްރޭޑިންގ ތައްޔާރުކުރުން.
- ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެޗް.އާރ.ގެ ޕޮލިސީތައް މުރާޖަޢާ ކުރުމާއި، ތަންފީޒުކުރުމުގައި އެޗް.އާރ.ޓީމާއެކު އެމް.އޭ.ސީ.އެލްގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ސްޓްރެޓެޖީތައް ރާވައި ހިންގުން.
ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: 17 ޖޫން 2015ގެ 16:00
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު: ފޯނު – 3325511
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
24 ޝަޢުބާން 1436