ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/33
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 17 ޖޫން 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނޯޓް: REF.No.116-HR/IL/2015/30 މިނަންބަރު އިޢުލާނުގައި ޝާއިޢުކުރެވިފައިވާ މެނޭޖަރ- ގްރީވަންސް މަޤާމުގެ ބަދަލުގައި މެނޭޖަރ- އެމްޕްލޮޔީ ރިލޭޝަންގެ ގެ މަޤާމު، އަދި އެސޯސިއޭޓް މެނޭޖަރގެ މަޤާމުގެ ބަދަލުގައި މެނޭޖަރ، ރިވޯޑްސް އެންޑް ޕޮލިސީގެ މަޤާމު އިޢުލާންކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މަޤާމު: މެނޭޖަރ، އެމްޕްލޮޔީ ރިލޭޝަންސް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ހިއުމަން ރިސޯސް ޑިވިޜަން

ޝަރުތު:

  • ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް /ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ފަރިތަކަމާއެކު އިނގިރޭސިބަހުން ލިޔެކިޔާ، މުޢާމަލާތުކުރަން އެންގުން.
  • އެހެންމީހުންގެ އިޙުސާސްތައް ފަސޭހައިން ދެނެގަނެވޭ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތައް: މަހަކު -/20,000 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ގްރީވަންސް ޕޮލިސީގައިވާ ގޮތުގެމަތިން މުވައްޒަފުންގެ ގްރީވެންސް ބެލެހެއްޓުން.
  • ކުންފުނީގެ އެމްޕްލޯއީ ރިލޭޝަންސް ޕްރޮގްރާމާއި ޕޮލިސީތަކާއި ޕްރޮސީޖަރތައް ޑިޒައިންކޮށް، ރާވައި ތަންފީޒުކުރުން.

މަޤާމު: މެނޭޖަރ، ރިވޯޑްސް އެންޑް ޕޮލިސީ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ހިއުމަން ރިސޯސް ޑިވިޜަން

ޝަރުޠު:

  • ބެޗެލަރސް ޑިގްރީ ނުވަތަ މާސްޓަރ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
  • ރިވޯޑްސް އެންޑް ޕޮލިސީއާ ގުޅުންހުރި މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މުސާރައިގެ އޮނިގަނޑު ރޭވުމާއި، ބެންޗްމާކިންގ އެކްސަސައިޒްތައް ހިންގާފައިވުން.

މުސާރައާއި އިނާޔަތްތަކަށް : މަހަކު -/20,000 ރުފިޔާއާއި -/22,000 ރުފިޔާއާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކުންފުނީގެ ބޭނުންތަކާ އެއްގޮތަށް އޯގަނައިޒޭޝަނާއި، މަސައްކަތުގެ ހުނަރުވެރިކަން، މަސައްކަތުގެ ފެންވަރު ބަލާ ނިޒާމު ތަރައްޤީކުރުމާއި އަދި ރިވޯޑް ސްކީމް، މުސާރައިގެ އޮނިގަނޑާއި، މަޤާމުތަކުގެ ގްރޭޑިންގ ތައްޔާރުކުރުން.
  • ޒަމާނާއި ޙާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެޗް.އާރ.ގެ ޕޮލިސީތައް މުރާޖަޢާ ކުރުމާއި، ތަންފީޒުކުރުމުގައި އެޗް.އާރ.ޓީމާއެކު އެމް.އޭ.ސީ.އެލްގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ސްޓްރެޓެޖީތައް ރާވައި ހިންގުން.

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 17 ޖޫން 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޝަޢުބާން 1436

11 ޖޫން 2015