ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2024/33

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

  1. މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2024/19 (02 ޖޫން 2024) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތުގެ ބީލަމުގެ އަގު ބޮޑުކަމަށްވާތީ، އެ ބީލަން ބާތިލްކޮށް 02 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2.    ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

29 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް  މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

-          ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.  

2

މަޢުލޫމާތު ސާފުކުރުން

 މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހު 10:30ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

3

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

-          ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.

-          ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ދުރުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެއެވެ.

 

22 ސެޕްޓެންބަރު 2024      

 

22 ސެޕްޓެންބަރު 2024
ހޯދާ