ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-26/IUL/2024/33
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2024/19 (02 ޖޫން 2024) އިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތުގެ ބީލަމުގެ އަގު ބޮޑުކަމަށްވާތީ، އެ ބީލަން ބާތިލްކޮށް 02 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިވާ ތާވަލާއި އެއްގޮތަށް ރަޖިސްޓްރީވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 |
ރަޖިސްޓްރީވުން |
29 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް މި ސްކޫލަށް ދުރުވެ ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. - ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ. |
2 |
މަޢުލޫމާތު ސާފުކުރުން |
މަޢުލޫމާތު ސާފުކުރުން އޮންނާނީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހު 10:30ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. |
3 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. - ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ. - ބީލަމުގައި ރަޖިސްޓްރީނުވާ އަދި އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ދުރުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެއެވެ. |
22 ސެޕްޓެންބަރު 2024