ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މެރިޓައިމް ޓްރެއިނިންގް އިންސްޓިއުޓްގެ " ނިޔަމި ކޯސް 2" ގެ ދެވަނަ ބެޗްފައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ގެ ދެވަނަ ބެޗް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާއްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 01 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9900297 ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
17 ސެޕްޓެންބަރު 2024
ހޯދާ