ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2024/122
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 01 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެރިޓައިމް ޓްރެއިނިންގް އިންސްޓިއުޓްގެ " ނިޔަމި ކޯސް 2" ގެ ދެވަނަ ބެޗްފައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ގެ ދެވަނަ ބެޗް ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާއްތަކަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

 މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ނަން ނޯޓް ކޮށްދެއްވުން އެދެމެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު މުއްދަތަކީ 01 އޮކްޓޯބަރ 2024  ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

 އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. މިކޯހާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 9900297  ގުޅުއްވުން އެދެމެވެ.

           ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2024