މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ނެރޭ ހަނދާނީ ނޫޓުގެ ވޮލެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ހަނދާނީ ނޫޓުގެ ވޮލެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނު ނަންބަރު IL-PRC/2015/34 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ހަނދާނީ ނޫޓުގެ ވޮލެޓް ތިރީގައިމިވާ ތަފުސީލުތަކާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މި އޮތޯރިޓީން ބޭނުންވާ ގޮތަށް ހަނދާނީ ނޫޓަށް ވޮލެޓެއް ތައްޔާރު ކުރުން.
  • މި ވޮލެޓްގެ ތަފުސީލު:
    • ވޮލެޓްގެ ސައިޒް: 12 ސެންޓިމީޓަރު 22x ސެންޓިމީޓަރު (ބޭރު ކަވަރާއެކު 3 ގަނޑު).
    • ވޮލެޓްގެ ކަވަރު ތުނި ކާޑުބޯޑު ކަރުދާހުގައި ލެދަރ ކޯޓިންގއަކާއެކު (ލެދަރ ކޯޓިންގއާއެކު ގާތްގަނޑަކަށް 3.5mm ބޯމިނުގައި).
    • ވޮލެޓުގެ އެތެރެ 250gsm ކަރުދާހުގައި ޓްރާންސްޕޭރެންޓް ޕޮކެޓެއް ލާފައި (2 ފަރާތަށް ނޫޓު ފެންނަ ގޮތަށް).
    • ވޮލެޓުގެ ބޭރަށް ދެފަރާތަށް ރަން ކުލައިން ހޮޓްފޮއިލް ޕްރިންޓިންގ ހަދާފައި.
    • ވޮލެޓްގެ ކަވަރުގެ އެތެރެފުށުގައި ދިވެހި އަދި އިނގިރޭސި ޓެކްސްޓް ޕްރިންޓްކޮށްފައި.
    • ވޮލެޓްގެ ކަވަރުގައި ލައްޕާކޮޅުގައި މެގްނެޓްކޮޅެއް ލާފައި.
  • ހަނދާނީ ނޫޓަށް ވޮލެޓް ޕްރިންޓް ކުރަން ބޭނުންވާ އަދަދު: 2000 ވޮލެޓް.
  • ބިޑަށް ހޮވޭ ފަރާތުން މަސައްކަތް ހަވާލުކުރާތާ 7 ދުވަހުގެ ތެރޭގައި ޖަދުވަލް 1 ގައިވާ ނަމޫނާއާ އެއްގޮތަށް ސާމްޕަލް ވޮލެޓެއް ތައްޔާރުކޮށް މިއޮތޯރިޓީއަށް ހުށަހެޅުން.
  • ހަނދާނީ ނޫޓަށް ވޮލެޓް ޕްރިންޓްކޮށް ތައްޔާރުކޮށް ނިންމަންޖެހޭ މުއްދަތު: މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 15 ދުވަސް.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 ޖޫން 2015

ބުރާސްފަތި

14:00

އަންދާސީހިސާބު ހުށަހެޅުން

16 ޖޫން 2015

އަންގާރަ

11:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

21 ޝަޢުބާން 1436

08 ޖޫން 2015
ހޯދާ