ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ހަނދާނީ ނޫޓުގެ ވޮލެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނު ނަންބަރު IL-PRC/2015/34 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ނެރޭ ހަނދާނީ ނޫޓުގެ ވޮލެޓް ތިރީގައިމިވާ ތަފުސީލުތަކާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި އޮތޯރިޓީން ބޭނުންވާ ގޮތަށް ހަނދާނީ ނޫޓަށް ވޮލެޓެއް ތައްޔާރު ކުރުން.
- މި ވޮލެޓްގެ ތަފުސީލު:
-
- ވޮލެޓްގެ ސައިޒް: 12 ސެންޓިމީޓަރު 22x ސެންޓިމީޓަރު (ބޭރު ކަވަރާއެކު 3 ގަނޑު).
- ވޮލެޓްގެ ކަވަރު ތުނި ކާޑުބޯޑު ކަރުދާހުގައި ލެދަރ ކޯޓިންގއަކާއެކު (ލެދަރ ކޯޓިންގއާއެކު ގާތްގަނޑަކަށް 3.5mm ބޯމިނުގައި).
- ވޮލެޓުގެ އެތެރެ 250gsm ކަރުދާހުގައި ޓްރާންސްޕޭރެންޓް ޕޮކެޓެއް ލާފައި (2 ފަރާތަށް ނޫޓު ފެންނަ ގޮތަށް).
- ވޮލެޓުގެ ބޭރަށް ދެފަރާތަށް ރަން ކުލައިން ހޮޓްފޮއިލް ޕްރިންޓިންގ ހަދާފައި.
- ވޮލެޓްގެ ކަވަރުގެ އެތެރެފުށުގައި ދިވެހި އަދި އިނގިރޭސި ޓެކްސްޓް ޕްރިންޓްކޮށްފައި.
- ވޮލެޓްގެ ކަވަރުގައި ލައްޕާކޮޅުގައި މެގްނެޓްކޮޅެއް ލާފައި.
- ހަނދާނީ ނޫޓަށް ވޮލެޓް ޕްރިންޓް ކުރަން ބޭނުންވާ އަދަދު: 2000 ވޮލެޓް.
- ބިޑަށް ހޮވޭ ފަރާތުން މަސައްކަތް ހަވާލުކުރާތާ 7 ދުވަހުގެ ތެރޭގައި ޖަދުވަލް 1 ގައިވާ ނަމޫނާއާ އެއްގޮތަށް ސާމްޕަލް ވޮލެޓެއް ތައްޔާރުކޮށް މިއޮތޯރިޓީއަށް ހުށަހެޅުން.
- ހަނދާނީ ނޫޓަށް ވޮލެޓް ޕްރިންޓްކޮށް ތައްޔާރުކޮށް ނިންމަންޖެހޭ މުއްދަތު: މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 15 ދުވަސް.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
11 ޖޫން 2015 |
ބުރާސްފަތި |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
16 ޖޫން 2015 |
އަންގާރަ |
11:00 |
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
21 ޝަޢުބާން 1436