ދިވެހިރާއްޖެ
(IUL)258/258/2024/67ނަންބަރު
އިޢުލާން
މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން
މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)258/258/2024/38 (28 މާރިޗު 2024) އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ އުސޫލައް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށްޓަކައި 5000 (ފަސްހާސް) އަކަފޫޓުގެ 10 (ދިހައެއް) ބިން 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. " މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްކުރުމަށް ބިމަށް އެދި ހުށައަޅާ ފޯމް" ހަނިމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. މި އިޢުލާނާއިއެކު "ހދ.ހަނިމާދޫއިން މަސްވެރިކަމާއި ގުޅުންހުރި ސިނާއީ ބިންތައް ދޫކުރުމުގެ އުޞޫލު" އަދި "މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްކުރުމަށް ބިމަށް އެދި ހުށައަޅާ ފޯމް" އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޞަފަރު 1446ހ
02 ސެޕްޓެމްބަރ 2024މ