ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2024/67
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 16 ސެޕްޓެންބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

(IUL)258/258/2024/67ނަންބަރު

 އިޢުލާން

      

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

 

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު (IUL)258/258/2024/38 (28 މާރިޗު 2024) އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ އުސޫލައް ބައެއް ބަދަލުތައް ގެނެވިފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތް ކުރުމަށްޓަކައި 5000 (ފަސްހާސް) އަކަފޫޓުގެ 10 (ދިހައެއް) ބިން 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. " މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްކުރުމަށް ބިމަށް އެދި ހުށައަޅާ ފޯމް" ހަނިމާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ. މި އިޢުލާނާއިއެކު  "ހދ.ހަނިމާދޫއިން މަސްވެރިކަމާއި ގުޅުންހުރި ސިނާއީ ބިންތައް ދޫކުރުމުގެ އުޞޫލު" އަދި "މަސްވެރިކަމާއި ގުޅުންހުރި ސިނާއީ މަސައްކަތްކުރުމަށް ބިމަށް އެދި ހުށައަޅާ ފޯމް" އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 29 ޞަފަރު 1446ހ

02 ސެޕްޓެމްބަރ  2024މ

02 ސެޕްޓެންބަރު 2024