ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އިރުއުތުރުކޮޅުން 2 މަގު ކަނޑައިދޭނެ ފަރާތެއް ހޯދުން
މިރަށު އިރުއުތުރުކޮޅުން، ދަނޑުބިންތައް ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުން ދެކުނުން އުތުރަށް ކަނޑަންޖެހޭ 2 މަގު ކަނޑައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
ކަނޑަންޖެހޭ މަގުތަކުގެ އަންދާޒާ މިންތައް އެނގޭނޭ ޗާޓާއެކު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އިވެލުއޭޝަން ކްރައިޓީރިއާ
- މަސައްކަތުގެ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.