މަސައްކަތް
ނަންބަރު: (IUL)365-ESD/PRIV/2024/1
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 10 ސެޕްޓެންބަރު 2024 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިރުއުތުރުކޮޅުން 2 މަގު ކަނޑައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ރަށުގެ އިރުއުތުރުކޮޅުން 2 މަގު ކަނޑައިދޭނެ ފަރާތެއް ހޯދުން

 

މިރަށު އިރުއުތުރުކޮޅުން، ދަނޑުބިންތައް ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުން ދެކުނުން އުތުރަށް ކަނޑަންޖެހޭ 2 މަގު ކަނޑައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ  [email protected]  އަށެވެ.

ކަނޑަންޖެހޭ މަގުތަކުގެ އަންދާޒާ މިންތައް އެނގޭނޭ ޗާޓާއެކު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

އިވެލުއޭޝަން ކްރައިޓީރިއާ

  • މަސައްކަތުގެ އަގު: %80 ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް: %20 ޕޮއިންޓް (އެންމެ ކުރުމުއްދަތު ބެންޗްމާކް ކަމުގައި ބަލައިގެން)

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

01 ސެޕްޓެންބަރު 2024