މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޗް އާރް ސޮފްޓްވެއަރއެއް ހޯދަން ބޭނުންވެއްޖެ

ނަންބަރު: (IUL)MMPRC-PRO/1/2024/58 

އިޢުލާން

މި ކޯޕަރޭޝަނުގެ ބޭނުމަށް އެޗް އާރް ސޮފްޓްވެއަރއެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)MMPRC-PRO/1/2024/56  އަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.  

ވީމާ، މި ކޯޕަރޭޝަންއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެޗް އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ،  4  ވަނަ  ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00  އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                            27 ޞަފަރު 1446

 

31 އޮގަސްޓް 2024
ހޯދާ