ދިވެހިރާއްޖެ
ނަންބަރު: (IUL)MMPRC-PRO/1/2024/58
އިޢުލާން
މި ކޯޕަރޭޝަނުގެ ބޭނުމަށް އެޗް އާރް ސޮފްޓްވެއަރއެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ: (IUL)MMPRC-PRO/1/2024/56 އަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކޯޕަރޭޝަންއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އެޗް އާރް ސޮފްޓްވެއަރއެއް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ސެޕްޓެމްބަރ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޞަފަރު 1446