ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުން

(IUL)258/258/2024/65ނަންބަރު 

އިޢުލާން

ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުން

 

ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)258/258/2024/47 (03 ޖޫން 2024) އިޢުލާނާއި ގުޅިގެން ތައްޔާރު ކުރެވުނު މައުލޫމާތު ޝީޓްގައި ފުށުއެރުންތަކެއް ހުރުމުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގައިދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލު

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

09 ސެޕްޓެމްބަރ 2024

10:30

އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން

19 ސެޕްޓެމްބަރ 2024

10:00

                

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސަފަރު   1446ޙ

28 އޮގަސްޓް 2024މ

28 އޮގަސްޓް 2024
ހޯދާ