ދިވެހިރާއްޖެ
(IUL)258/258/2024/65ނަންބަރު
އިޢުލާން
ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުން
ހަނިމާދޫ ކައުންސިލްގެ ޤުރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)258/258/2024/47 (03 ޖޫން 2024) އިޢުލާނާއި ގުޅިގެން ތައްޔާރު ކުރެވުނު މައުލޫމާތު ޝީޓްގައި ފުށުއެރުންތަކެއް ހުރުމުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލް ޤުރުއާން ކްލާސް ހިންގައިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
09 ސެޕްޓެމްބަރ 2024 |
10:30 |
އަންދާސީ ހިސާބުހުށައެޅުން އަދި ހުޅުވުން |
19 ސެޕްޓެމްބަރ 2024 |
10:00 |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ސަފަރު 1446ޙ
28 އޮގަސްޓް 2024މ