މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ތަކެތި ވިއްކުން

މިކައުންސިލްގެ ނަންބަރު (IUL)308/2024/41 އިޢުލާނުން ނީލަން ކިޔާފައިވާ ތަކެތީގެ ތެރެއިން އައިޓަމް ނަންބަރު 1. 42،000.00 ލީޓަރުގެ ދަގަނޑު ތާނގީގެ ނީލަން ކާމިޔާބުކުރި ފަރާތުން ކައުންސިލަށް ފައިސާ ދައްކާފައިނުވާތީ، އަލުން އެތާނގީ ނީލަމަށް ހުޅުވާލަމެވެ.

މުޙިއްމު ނުކުތާތައް

  1. ނީލަން ދެމި އޮންނާނީ މިއަދުން ފެށިގެން 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
  2. ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން އަގު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ސިޓީ އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected]  އަށެވެ.
  3. ސިޓީން އަގު ހުށަހަޅާ ފޯމް މި އިޢުލާނާއި އެއްހީރަސްކޮށްފައިވާނެއެވެ.
  4. ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާ އަގަކީ، ކުރީ ދުވަހު އިޢުލާންކުރި އަގަށްވުރެ ބޮޑު އަގަކަށް ވާންވާނެއެވެ.
  5. ނީލަމަށް އަގު ހުށަހަޅުއްވާނީ ދިވެހި ރުފިޔާއިންނެވެ.
  6. 2024 އޯގަސްޓް 22 ވަނަ ދުވަހުން ފެށިގެން 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގައި، އެދުވަހެއްގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު އިޢުލާންކުރާނެއެވެ. މި އިޢުލާން ފެންނާން ހުންނާނީ މިކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޓެލެގްރާމް ޗެނަލުންނެވެ.
  7. ފޭސްބުކް ޕޭޖް:  https://www.facebook.com/Maduvvareeoffice/   
  8. ޓެލެގްރާމް ޗެނަލް:  https://t.me/RaaMaduvvareeCouncil
  9. އަގު ހުށަހަޅުއްވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 13:30ގެ ކުރިން ސިޓީ ހުށަހަޅުއްވަންވާނެއެވެ. 13:30ގެ ފަހުން ހުށަހަޅުއްވާ ސީޓީގައިވާ އަގު ހިމަނާނީ ޖެހިގެން އަންނަ ދުވަހުގެ އިޢުލާނުގައެވެ.
  10. ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން މިތަކެތި ހުރި ސައިޓަށް ވަޑައިގެން އެތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
  11. ނީލަމުގައި ވިއްކާލާ ތަކެތީގެ ފޮޓޯ މި އިޢުލާނުގެ އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ.
  12. ނީލާން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ނީލަމުގެ މުއްދަތު ހަމަވާތާ 24 ގަޑިއިރުތެރޭގައި ނީލަން ކާމިޔާބުކުރި އަގު ކައުންސިލުން އަންގާ އެކައުންޓަކަށް ޖަމާކުރައްވާ، 30 ދުވަހުގެތެރޭގައި ތަކެތި ހުރި ސައިޓުން ތަކެތި ނަގައި ގެންދަންވާނެއެވެ.

ނީލަމުގެ ތަފްޞީލް

އައިޓަމް ނަންބަރު

ތަކެތީ

ފެށޭ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭ މަދު މިންވަރު

1

42،000.00 (ސާޅީސްދެހާސް) ލީޓަރުގެ ދަގަނޑު ތާންގީ

5000.00 (ފަސްހާސް) ރުފިޔާ

500.00 (ފަސްސަތޭކަ) ރުފިޔާ

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

21 އޮގަސްޓް 2024
ހޯދާ