ނީލަން
ނަންބަރު: (IUL)308/2024/41
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި:
01 ސެޕްޓެންބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ތަކެތި ވިއްކުން
މިކައުންސިލްގެ ނަންބަރު (IUL)308/2024/41 އިޢުލާނުން ނީލަން ކިޔާފައިވާ ތަކެތީގެ ތެރެއިން އައިޓަމް ނަންބަރު 1. 42،000.00 ލީޓަރުގެ ދަގަނޑު ތާނގީގެ ނީލަން ކާމިޔާބުކުރި ފަރާތުން ކައުންސިލަށް ފައިސާ ދައްކާފައިނުވާތީ، އަލުން އެތާނގީ ނީލަމަށް ހުޅުވާލަމެވެ.
މުޙިއްމު ނުކުތާތައް
- ނީލަން ދެމި އޮންނާނީ މިއަދުން ފެށިގެން 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
- ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީން އަގު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ މިކައުންސިލްގެ ކައުންޓަރަށެވެ. ސިޓީ އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected] އަށެވެ.
- ސިޓީން އަގު ހުށަހަޅާ ފޯމް މި އިޢުލާނާއި އެއްހީރަސްކޮށްފައިވާނެއެވެ.
- ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާ އަގަކީ، ކުރީ ދުވަހު އިޢުލާންކުރި އަގަށްވުރެ ބޮޑު އަގަކަށް ވާންވާނެއެވެ.
- ނީލަމަށް އަގު ހުށަހަޅުއްވާނީ ދިވެހި ރުފިޔާއިންނެވެ.
- 2024 އޯގަސްޓް 22 ވަނަ ދުވަހުން ފެށިގެން 2024 ސެޕްޓެންބަރު 01 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގައި، އެދުވަހެއްގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު އިޢުލާންކުރާނެއެވެ. މި އިޢުލާން ފެންނާން ހުންނާނީ މިކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޓެލެގްރާމް ޗެނަލުންނެވެ.
- ފޭސްބުކް ޕޭޖް: https://www.facebook.com/Maduvvareeoffice/
- ޓެލެގްރާމް ޗެނަލް: https://t.me/RaaMaduvvareeCouncil
- އަގު ހުށަހަޅުއްވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 13:30ގެ ކުރިން ސިޓީ ހުށަހަޅުއްވަންވާނެއެވެ. 13:30ގެ ފަހުން ހުށަހަޅުއްވާ ސީޓީގައިވާ އަގު ހިމަނާނީ ޖެހިގެން އަންނަ ދުވަހުގެ އިޢުލާނުގައެވެ.
- ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން މިތަކެތި ހުރި ސައިޓަށް ވަޑައިގެން އެތަކެތި ބެލުމުގެ ފުރުޞަތު އޮންނާނެއެވެ.
- ނީލަމުގައި ވިއްކާލާ ތަކެތީގެ ފޮޓޯ މި އިޢުލާނުގެ އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ.
- ނީލާން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ނީލަމުގެ މުއްދަތު ހަމަވާތާ 24 ގަޑިއިރުތެރޭގައި ނީލަން ކާމިޔާބުކުރި އަގު ކައުންސިލުން އަންގާ އެކައުންޓަކަށް ޖަމާކުރައްވާ، 30 ދުވަހުގެތެރޭގައި ތަކެތި ހުރި ސައިޓުން ތަކެތި ނަގައި ގެންދަންވާނެއެވެ.
ނީލަމުގެ ތަފްޞީލް |
|||
އައިޓަމް ނަންބަރު |
ތަކެތީ |
ފެށޭ އަގު |
ނީލަމުގެ އަގަށް އިތުރުކުރެވޭ މަދު މިންވަރު |
1 |
42،000.00 (ސާޅީސްދެހާސް) ލީޓަރުގެ ދަގަނޑު ތާންގީ |
5000.00 (ފަސްހާސް) ރުފިޔާ |
500.00 (ފަސްސަތޭކަ) ރުފިޔާ |
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
21 އޮގަސްޓް 2024