ދިވެހިރާއްޖެ
މި އޮތޯރިޓީއިން 11 އޮގަސްޓް 2024ގައި ގެޒެޓްކޮށްފައިވާ ޕްރިންސިޕަލް އެޑްވައިޒަރުންގެ ގަވާއިދާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް 1 ގަޑިއިރުގެ އޮންލައިން ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 02 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން އަމާޒުކުރެވިފައިވަނީ ޑީލިންގ ކުންފުނިތަކަށާއި އިންވެސްޓްމަންޓް އެޑްވައިޒަރުންނާއި އެކައުންޓަންޓުން އަދި ލީގަލް ފަރމްތަކަށެވެ. މީގެ އިތުރުން މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ.
ޕްރޮގްރާމްގެ ނަން: | An Overview of the Principal Advisers Regulation |
ތާރީޚް: | 02 ސެޕްޓެމްބަރ 2024 (މެންދުރުފަހު 02:00 އިން 03:00 އަށް) |
ޓާރގެޓް އޯޑިއަންސް: | ޑީލާޒް، އިންވެސްޓްމަންޓް އެޑްވައިޒާސް، އެކައުންޓަންޓްސް އަދި ލީގަލް ފަރމްތައް |
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: | 31 އޮގަސްޓް 2024 |
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު އައި.ސީ.ޑީ.އެސްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.