ތަމްރީނު
ނަންބަރު: (IUL)179/179/2024/8
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 31 އޮގަސްޓް 2024 22:58
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރިންސިޕަލް އެޑްވައިޒަރުންގެ ގަވާއިދާގުޅޭ މަޢުލޫމާތު ދިނުން

މި އޮތޯރިޓީއިން  11 އޮގަސްޓް 2024ގައި  ގެޒެޓްކޮށްފައިވާ ޕްރިންސިޕަލް އެޑްވައިޒަރުންގެ ގަވާއިދާގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް 1 ގަޑިއިރުގެ އޮންލައިން ސެޝަންއެއް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 02 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަން އަމާޒުކުރެވިފައިވަނީ ޑީލިންގ ކުންފުނިތަކަށާއި އިންވެސްޓްމަންޓް އެޑްވައިޒަރުންނާއި އެކައުންޓަންޓުން އަދި ލީގަލް ފަރމްތަކަށެވެ. މީގެ އިތުރުން މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ.

 ޕްރޮގްރާމްގެ ނަން:
 An Overview of the Principal Advisers Regulation
 ތާރީޚް:
 02 ސެޕްޓެމްބަރ 2024 (މެންދުރުފަހު 02:00 އިން 03:00 އަށް)
 ޓާރގެޓް އޯޑިއަންސް:
 ޑީލާޒް، އިންވެސްޓްމަންޓް އެޑްވައިޒާސް، އެކައުންޓަންޓްސް އަދި ލީގަލް ފަރމްތައް
 ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް:
 31 އޮގަސްޓް 2024

މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު އައި.ސީ.ޑީ.އެސްގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 
20 އޮގަސްޓް 2024