ދިވެހިރާއްޖެ
ކުނިގޮނޑުގެ އިރުމަތީ ފަރާތް (ބޮޑެތި ގަސްބުޑު، ރުއްބުޑު) ފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
މަސައްކަތުގެ މަޢުލޫމާތު:
- ސަރަޙައްދުގެ އިރުދެކުނު ކަނަށް މިހާރު އަޅާފައިވާ ހުރިހާ ކުނިތައް ގެންގޮސް ފުނިޖެހުން
- ބިންގަނޑު އެއްވަރުކުރުމަށްފަހު ޕިކަޕަށް ވަދެވޭވަރުގެ މަގެށް ހަދާ އެމަގަށް ބަނދަރު ވެލިފޫނިން ވެލި ގެނެސް ވެލި އަޅާ ގާތަށް ނަގާ އެއްވަރުކުރުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9757175 އަށް ގުޅުއްވުން އެދެމެވެ.
18 އޮގަސްޓް 2024