މަސައްކަތް
ނަންބަރު: (IUL)264/PRIV/2024/57
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 20 އޮގަސްޓް 2024 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑުގެ އިރުމަތީ ފަރާތް (ބޮޑެތި ގަސްބުޑު، ރުއްބުޑު) ފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ކުނިގޮނޑުގެ އިރުމަތީ ފަރާތް (ބޮޑެތި ގަސްބުޑު، ރުއްބުޑު) ފަދަ ތަކެތި އެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާއިރު ވިޔަފާރި ރެޖިސްޓްރީގެ ކޮޕީއަކާއި ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މަސައްކަތުގެ މަޢުލޫމާތު:

  • ސަރަޙައްދުގެ އިރުދެކުނު ކަނަށް މިހާރު އަޅާފައިވާ ހުރިހާ ކުނިތައް ގެންގޮސް ފުނިޖެހުން
  • ބިންގަނޑު އެއްވަރުކުރުމަށްފަހު ޕިކަޕަށް ވަދެވޭވަރުގެ މަގެށް ހަދާ އެމަގަށް ބަނދަރު ވެލިފޫނިން ވެލި ގެނެސް ވެލި އަޅާ ގާތަށް ނަގާ އެއްވަރުކުރުން

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9757175 އަށް ގުޅުއްވުން އެދެމެވެ.

 

 

                     18 އޮގަސްޓް 2024 

18 އޮގަސްޓް 2024