ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: 26/B-381/I-2015ފ(18 މޭ 2015) އިޢުލާނުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ އަދަދަށް މަޢުލޫމާތު ފޯމު ނަންގަވާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.
މަސައްކަތްތައް
1- ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް (މި އިދާރާއިން ދޭ މަސައްކަތުގެ މަޢުލޫމާތާ އެއްގޮތަށް)
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް، 2015 ޖޫން 07 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ރަސްމީދުވަސްތަކުގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- މަސައްކަތާ ގުޅިގެން ދެވޭ ޕްރީބިޑްމީޓިންގ އޮންނާނީ 2015 ޖޫން 07 ވަނަ ދުވަހުގެ 14:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 ޖޫން 10 ވަނަ ދުވަހުގެ 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
65% |
މުއްދަތު |
25% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
5% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
5% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
10 ޝަޢުބާން 1436