މަސައްކަތް
ނަންބަރު: B-381/I-2015/35
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2015
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 07 ޖޫން 2015 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ:

ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: 26/B-381/I-2015ފ(18 މޭ 2015) އިޢުލާނުގެ މުއްދަތު ހަމަވީއިރު އެކަށީގެންވާ އަދަދަށް މަޢުލޫމާތު ފޯމު ނަންގަވާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

މަސައްކަތްތައް

1- ދ.ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ދާއިމީ ހިޔާތަކުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް (މި އިދާރާއިން ދޭ މަސައްކަތުގެ މަޢުލޫމާތާ އެއްގޮތަށް)

  • މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް، 2015 ޖޫން 07 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ރަސްމީދުވަސްތަކުގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • މަސައްކަތާ ގުޅިގެން ދެވޭ ޕްރީބިޑްމީޓިންގ އޮންނާނީ 2015 ޖޫން 07 ވަނަ ދުވަހުގެ 14:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • އަންދާސީހިސާބު ހުޅުވުން އޮންނާނީ 2015 ޖޫން 10 ވަނަ ދުވަހުގެ 10:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ބީލަމުގެ ޞައްޙަކަން މަދުވެގެން 45 ދުވަހަށް އޮންނަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

65%

މުއްދަތު

25%

މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން

5%

ފަންނީ ޤާބިލުކަން ހުރި މިންވަރަށް

5%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                  

10 ޝަޢުބާން 1436     

28 މޭ 2015