މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ، މާފަންނު ސަހަރާ އިން 36،153 އަކަފޫޓް ހުސްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅިގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/240 އިޢުލާނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ސެޝަންގެ ތާރީޚު ބަދަލުވުމާގުޅޭ،

މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ، މާފަންނު ސަހަރާ އިން  36،153 އަކަފޫޓް ހުސްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށްބޭނުންވެގެން 08 އޮގަސްޓް 2024 ގައި ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/240 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާ 14 އޮގަސްޓް 2024 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާއިގުޅިގެން،  މިސެޝަން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި އަގު ހުށަހަޅުއްވަން ޖެހޭ ތާރީޚަކީ ކުރިންވެސް ހަމަޖެހިފައިވާ ގޮތުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.

 

ނޯޓް: އިސްވެދެންނެވުނު މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އިތުރުވެއްޖެނަމަ، އެދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަންތައްތައް ޖެހިގެން އަންނަ ރަސްމީ ދުވަހު ކުރިއަށްދާނެއެވެ. 

13 އޮގަސްޓް 2024
ހޯދާ