ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ، މާފަންނު ސަހަރާ އިން 36،153 އަކަފޫޓް ހުސްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށްބޭނުންވެގެން 08 އޮގަސްޓް 2024 ގައި ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/240 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާ 14 އޮގަސްޓް 2024 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާއިގުޅިގެން، މިސެޝަން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ކަމުގައި އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި އަގު ހުށަހަޅުއްވަން ޖެހޭ ތާރީޚަކީ ކުރިންވެސް ހަމަޖެހިފައިވާ ގޮތުން 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.
ނޯޓް: އިސްވެދެންނެވުނު މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އިތުރުވެއްޖެނަމަ، އެދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަންތައްތައް ޖެހިގެން އަންނަ ރަސްމީ ދުވަހު ކުރިއަށްދާނެއެވެ.