ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ނީލަންކިއުމާއިބެހޭ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )

އިޢުލާން

ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ނީލަންކިއުމާއިބެހޭ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )

  • ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )ނީލަންކިއުން 2024 އޮގަސްޓް 18 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ. މިރުއްގަހުގައި ވާނީ ފެހުކުލައިގެ ދަވާދުން ނަމްބަރު ޖަހާ ފާހަގަ ކުރެވިފައެވެ.
  • ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ރުއްގަސް ކަނޑަން ވާނީ ފައިސާ ދެއްކުމަށްފަހުގައެވެ.
  • ނީލަމުން ނަންގަވާ ތަކެއްޗަށް 2024 އޮގަސްޓް 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.
  • އޮންލައިންކޮށް   ފައިސާ   ދައްކަން   ބޭނުންވާ   ފަރާތްތަކުން   ފައިސާ  ދައްކާނީ   156 000135  7730  ( 1430   ( 01 REVENUE ނަންބަރަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.
  • އަދި 2024  އޮގަސްޓް 31 ގެ ނިޔަލަށް ނީލަމުން ނެންގެވި އެންމެހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ. 
  • ނީލަމުން ނަގާ ރުއްގަސްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްގަސްތަކާއިމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.
  • މި ނީލަމާއިގުޅިގެން މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6761005 ނަންބަރާއި ގުޅުއްވުން އެދެމެވެ.

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

04 ޞަފަރު 1446

 

08 އޮގަސްޓް 2024
ހޯދާ