ނީލަން
ނަންބަރު: (IUL)381-A/381/2024/2
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި:
18 އޮގަސްޓް 2024 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ނީލަންކިއުމާއިބެހޭ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )
އިޢުލާން
ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ނީލަންކިއުމާއިބެހޭ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )
- ދ.ކުޑަހުވަދޫ ދޮށިމޭނާމަގަށް އަރާ ރުއްގަހުގެ ( ދ.އެއަރ ޕޯޓްގެ އުތުރުންދާ މަގު )ނީލަންކިއުން 2024 އޮގަސްޓް 18 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ. މިރުއްގަހުގައި ވާނީ ފެހުކުލައިގެ ދަވާދުން ނަމްބަރު ޖަހާ ފާހަގަ ކުރެވިފައެވެ.
- ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ރުއްގަސް ކަނޑަން ވާނީ ފައިސާ ދެއްކުމަށްފަހުގައެވެ.
- ނީލަމުން ނަންގަވާ ތަކެއްޗަށް 2024 އޮގަސްޓް 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފައިސާ ދައްކަވަން ވާނެއެވެ.
- އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކުން ފައިސާ ދައްކާނީ 156 000135 7730 ( 1430 ( 01 REVENUE ނަންބަރަށެވެ. އަދި ފައިސާ ދެއްކުމަށްފަހު ފައިސާދެއްކި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރަންވާނެއެވެ.
- އަދި 2024 އޮގަސްޓް 31 ގެ ނިޔަލަށް ނީލަމުން ނެންގެވި އެންމެހާ ތަކެއްޗެއް ގެންގޮސް ތަން ސާފުކުރަން ވާނެއެވެ.
- ނީލަމުން ނަގާ ރުއްގަސްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްގަސްތަކާއިމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.
- މި ނީލަމާއިގުޅިގެން މަޢުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6761005 ނަންބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.
04 ޞަފަރު 1446
08 އޮގަސްޓް 2024