ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނެޓްވޯރކް ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް

މަޤާމް:

ނެޓްވޯރކް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/9,020ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • ނެޓްވޯރކިންގ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު ނެޓްވޯރކިންގ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އަދި ތިރީގައިވާ ދާއިރާތަކުން ސެޓިފިކޭޝަން ޙާޞިލްކޮށްފައިވުމާއ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:

  1. 1.       ޑެލް ނެޓްވޯރކިންގ
  2. 2.       އެޗް.ޕީ.އީ ނެޓްވޯރކިންގ
  3. 3.       ވީއެމްވެއަރ ނެޓްވޯކިންގ.
  4. 4.       CCNA, Fortinet, Check Point, Sophos ފަދަ އެހެނިހެން

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާޓްމަންޓްތަކަށް ބޭނުންވާ ނެޓްވޯރކް ކެޕޭސިޓީ ދެނެގަތުން
  • ނެޓްވަރކް ޕަރފޯމަންސް މޮނިޓަރކޮށް، މައްސަލަ ދިމާވާ ސަރަޙައްދުތައް ބޭނުންވެއްޖެ ހިނދެއްގައި ޙައްލުކުރުން.
  • ހުރިހާ ސަރވަރތަކާއި، ވަރކްސްޓޭޝަންތަކާއި، ޓެލެފޯން އިކުއިޕްމަންޓާއި އެހެނިހެން ނެޓްވަރކް ޑިވައިސްތަކުގެ ނެޓްވަރކް ކަނެކްޓިވިޓީ ކަށަވަރުކުރުން.
  • ނެޓްވަރކް ކޮންފިގުރޭޝަން، ނެޓްވަރކް މެޕިންގ، ޕްރޮސެސް، އަދި ސަރވިސް ރެކޯޑްސްއާއި ގުޅުންހުރި ލިޔެކިޔުންތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެލް.އޭ.އެން، ޑަބްލިއު.އޭ.އެން، އަދި ވަޔަރލެސް ނެޓްވަރކް ޑިޒައިންކުރުން
  • ނެޓްވަރކް ކޮމްޕޯނަންޓް އިންވެންޓްރީ ބެލެހެއްޓުމާއި އެއާ ގުޅޭ ލިޔެކިޔުން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް މައުލޫމާތު ހިމެނޭގޮތަށް ނެޓްވޯކް އެސެޓް މެނޭޖްމަންޓް ޕްރެކްޓިސް ކުރުން.
  • ނެޓްވަރކް ޕަރފޯމަންސް މޮނިޓަރކޮށް ޓެސްޓްކުރުމާއި ނެޓްވަރކް ޕަރފޯމަންސް ސްޓެޓިސްޓިކްސް އަދި ރިޕޯރޓްތައް ފޯރުކޮށްދިނުން.
  • ދުވަހުން ދުވަހަށް ހެލްޕްޑެސްކް އޮޕަރޭޝަނަލް އެކްޓިވިޓީސްތައް ބެލެހެއްޓުން
  • ނެޓްވަރކްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެނެވުމަށް ތާޑް-ޕާޓީ ޕްރޮވައިޑަރސް އާއި ގުޅިގެން މަސައްކަތް ކުރުން.
  • ސްޓެލްކޯ އައިޓީ ނެޓްވޯކްތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖަރތައް ޚިޔާރުކޮށް ތަންފީޒުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

08 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

01 ޞަފަރު 1446

05 އޮގަސްޓު 2024

05 އޮގަސްޓް 2024
ހޯދާ