ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް
|
މަޤާމް:
|
ނެޓްވޯރކް ސުޕަވައިޒަރ
|
ބޭނުންވާ ޢަދަދު:
|
1
|
މުސާރަ:
|
-/9,020ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- ނެޓްވޯރކިންގ ދާއިރާއިން ޕްރޮފެޝަނަލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު ނެޓްވޯރކިންގ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
އަދި ތިރީގައިވާ ދާއިރާތަކުން ސެޓިފިކޭޝަން ޙާޞިލްކޮށްފައިވުމާއ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
- 1. ޑެލް ނެޓްވޯރކިންގ
- 2. އެޗް.ޕީ.އީ ނެޓްވޯރކިންގ
- 3. ވީއެމްވެއަރ ނެޓްވޯކިންގ.
- 4. CCNA, Fortinet, Check Point, Sophos ފަދަ އެހެނިހެން
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑިޕާޓްމަންޓްތަކަށް ބޭނުންވާ ނެޓްވޯރކް ކެޕޭސިޓީ ދެނެގަތުން
- ނެޓްވަރކް ޕަރފޯމަންސް މޮނިޓަރކޮށް، މައްސަލަ ދިމާވާ ސަރަޙައްދުތައް ބޭނުންވެއްޖެ ހިނދެއްގައި ޙައްލުކުރުން.
- ހުރިހާ ސަރވަރތަކާއި، ވަރކްސްޓޭޝަންތަކާއި، ޓެލެފޯން އިކުއިޕްމަންޓާއި އެހެނިހެން ނެޓްވަރކް ޑިވައިސްތަކުގެ ނެޓްވަރކް ކަނެކްޓިވިޓީ ކަށަވަރުކުރުން.
- ނެޓްވަރކް ކޮންފިގުރޭޝަން، ނެޓްވަރކް މެޕިންގ، ޕްރޮސެސް، އަދި ސަރވިސް ރެކޯޑްސްއާއި ގުޅުންހުރި ލިޔެކިޔުންތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- ކުންފުނީގެ އެލް.އޭ.އެން، ޑަބްލިއު.އޭ.އެން، އަދި ވަޔަރލެސް ނެޓްވަރކް ޑިޒައިންކުރުން
- ނެޓްވަރކް ކޮމްޕޯނަންޓް އިންވެންޓްރީ ބެލެހެއްޓުމާއި އެއާ ގުޅޭ ލިޔެކިޔުން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް މައުލޫމާތު ހިމެނޭގޮތަށް ނެޓްވޯކް އެސެޓް މެނޭޖްމަންޓް ޕްރެކްޓިސް ކުރުން.
- ނެޓްވަރކް ޕަރފޯމަންސް މޮނިޓަރކޮށް ޓެސްޓްކުރުމާއި ނެޓްވަރކް ޕަރފޯމަންސް ސްޓެޓިސްޓިކްސް އަދި ރިޕޯރޓްތައް ފޯރުކޮށްދިނުން.
- ދުވަހުން ދުވަހަށް ހެލްޕްޑެސްކް އޮޕަރޭޝަނަލް އެކްޓިވިޓީސްތައް ބެލެހެއްޓުން
- ނެޓްވަރކްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެނެވުމަށް ތާޑް-ޕާޓީ ޕްރޮވައިޑަރސް އާއި ގުޅިގެން މަސައްކަތް ކުރުން.
- ސްޓެލްކޯ އައިޓީ ނެޓްވޯކްތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖަރތައް ޚިޔާރުކޮށް ތަންފީޒުކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
08 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 08 އޮގަސްޓު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
01 ޞަފަރު 1446
05 އޮގަސްޓު 2024
|