ދިވެހިރާއްޖެ
މިކައުންސިލަށް 3 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން
މިކައުންސިލަށް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަން 03 ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ވިއްކަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
Description |
|
Desktop Computer 18.5’’ |
3 |
Intel Core i5 4570 3.60GHZ ( 4 Cores, 6MB Cache ) |
|
4GB DDR3 1600MHz |
|
500GB Seagate Hard Disk 7200RPM |
|
Support Hybrid, Opal SED FIPS, and Solid State Drive |
|
RAID 0 & 1 support on select configurations |
|
DVD – RW CD ROM , Intel HD Audio |
|
Intel HD Graphics 4600 |
|
Onboard shared graphics Above 900MB |
|
2XUSB 3.0, 2XUSB 2.0, 1XSERIAL, 1XRJ45, 2XESATA port |
|
Front 2XUSB 3.0, 2XUSB 2.0 PORT, PS/2 Keyboard & Mouse Port |
|
USB Keyboard & Optical Mouse |
|
Windows 7 Ultimate ( Free DOS ) |
|
1Year Parts Warranty |
|
މިކައުންސިލުން ބަލާނެ ކަންތައްތައް:
- ހުށަހަޅާ ބިޑް ޑޮކިޔުމަންޓްތަކުގައި ހުންނަންވާނީ މި އިޢުލާނުގައިވާ ސްޕެސިފިކޭޝަންތަކުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.
- ބިޑް އިވެލުއޭޓް ކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް، ތަޖުރިބާހުރި ފަރާތްތަކާއި އަދި އާފްޓަރ ސޭލްސް ސާރވިސް / މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރީގައި މިފަދަ މަސައްކަތެއްކޮށްފައިވާނަމަ އެމަސައްކަތުގެ ރިފަރެންސް ލެޓަރ ހުށަހަޅަންވާނެއެވެ.
- ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި އިދާރާއިން ޓެސްޓްކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ޤަބޫލެއް ނުކުރވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މިއިދާރާއަށް 10 ދުވަހުގެ ތެރޭގައި ގެނެސްދޭންވާނެއެވެ.
އަގު ހުށަހެޅުން:
- ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
- އަގު ހުށަހަޅާއިރު ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް އޮންނަންވާނެއެވެ.
- ޑެލިވަރީ މުއްދަތު އޮންނަންވާނީ ދުވަހުންނެވެ.
- ވޮރެންޓީ މުއްދަތު އޮންނަންވާނީ މަހުގެ އަދަދުންނެވެ.
މާކްސް ދެވޭ އުސޫލުތަކާއި މިންގަނޑުތައް
މާކްސް ދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
60% |
|
Benchmark Price / Submitted Price ) X Allocated Percentage |
ޑެލިވަރީ ޕީރިއަޑް |
10% |
|
Benchmark Delivery / Submitted Delivery ) X Allocated Percentage |
ތަކެތީގެ ވޮރެންޓީ |
15% |
|
Warranty Period / Benchmark ) X Allocated Percentage |
ސާރވިސް ވޮރަންޓީ |
10% |
|
Warranty Period / Benchmark ) X Allocated Percentage |
ކޮމްޕެނީ ޕްރޮފައިލް |
5% |
|
Based on the reference letters pointed will be awarded. More points given if similar works have been carried out before. |
- މި ބިޑް އިވެލުއޭޓްކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީންނެވެ.
- މި ބިޑް އިވެލުއޭޝަން ކޮމެޓީން ނިންމުމަށްފަހު ބިޑް ކާމިޔާބު ކުރައްވާ ފަރާތަކަށް އެކަން އެންގޭނެއެވެ.
- މި ބިޑް އިވެލުއޭޝަން ކުރުމަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުން:
07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
އަންދަސީހިސާބު ހުޅުވުން:
އަންދާސީހިސާބު ހުޅުވާނީ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މި އިދާރާގައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ 6660714 އަށް ގުޅުއްވުން އެދެމެވެ.
ފައިސާ ދިނުމަށް ހަމަޖެހިފައިވާގޮތް :
ބިޑް ކާމިޔާބު ކުރާ ފަރާތަކުން ތަކެތި މި އިދާރާއަށް ހަވާލުކޮށް ބިލް ހުށަހަޅާތާ 01 މަސްދުވަހުގެ ތެރޭގައެވެ.
08 ޝަޢުބާން 1436