ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)340/340/2015/27
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 07 ޖޫން 2015 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

މިކައުންސިލަށް 3 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

މިކައުންސިލަށް ތިރީގައި މިދަންނަވާ ސްޕެސިފިކޭޝަން 03 ޑެސްކް ޓޮޕް ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއްޖެއެވެ. ވީމާ، މިތަކެތި ވިއްކަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

Description

 

Desktop Computer 18.5’’

3

Intel Core  i5 4570 3.60GHZ ( 4 Cores, 6MB Cache )

 

4GB DDR3 1600MHz

 

500GB Seagate Hard Disk 7200RPM

 

Support Hybrid, Opal SED FIPS, and Solid State Drive

 

RAID 0 & 1 support on select configurations

 

DVD – RW CD ROM , Intel HD Audio

 

Intel HD Graphics 4600

 

Onboard shared graphics Above 900MB

 

2XUSB 3.0, 2XUSB 2.0, 1XSERIAL, 1XRJ45, 2XESATA port

 

Front 2XUSB 3.0, 2XUSB 2.0 PORT, PS/2 Keyboard & Mouse Port

 

USB Keyboard & Optical Mouse

 

Windows 7 Ultimate ( Free DOS )

 

1Year Parts Warranty

 

މިކައުންސިލުން ބަލާނެ ކަންތައްތައް:

  • ހުށަހަޅާ ބިޑް ޑޮކިޔުމަންޓްތަކުގައި ހުންނަންވާނީ މި އިޢުލާނުގައިވާ ސްޕެސިފިކޭޝަންތަކުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.
  • ބިޑް އިވެލުއޭޓް ކުރާއިރު ދިގުމުއްދަތެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަކެތީގެ ވިޔަފާރިކޮށް، ތަޖުރިބާހުރި ފަރާތްތަކާއި އަދި އާފްޓަރ ސޭލްސް ސާރވިސް / މެއިންޓެނަންސް ދެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުރީގައި މިފަދަ މަސައްކަތެއްކޮށްފައިވާނަމަ އެމަސައްކަތުގެ ރިފަރެންސް ލެޓަރ ހުށަހަޅަންވާނެއެވެ.
  • ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަ ތަކެތި މި އިދާރާއިން ޓެސްޓްކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ޤަބޫލެއް ނުކުރވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މިއިދާރާއަށް 10 ދުވަހުގެ ތެރޭގައި ގެނެސްދޭންވާނެއެވެ.

އަގު ހުށަހެޅުން:

  • ހުރިހާ އަގެއް ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
  • އަގު ހުށަހަޅާއިރު ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް އޮންނަންވާނެއެވެ.
  • ޑެލިވަރީ މުއްދަތު އޮންނަންވާނީ ދުވަހުންނެވެ.
  • ވޮރެންޓީ މުއްދަތު އޮންނަންވާނީ މަހުގެ އަދަދުންނެވެ.

މާކްސް ދެވޭ އުސޫލުތަކާއި މިންގަނޑުތައް

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

60%

  • ހުށަހަޅާފައިވާ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

Benchmark Price / Submitted Price ) X Allocated Percentage

ޑެލިވަރީ ޕީރިއަޑް

10%
  • ތަކެތި މިއިދާރާއާ ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

Benchmark Delivery  / Submitted Delivery ) X Allocated Percentage

ތަކެތީގެ ވޮރެންޓީ

15%
  • ގަންނަ ތަކެތި މުވައްޒަފެއްގެ އިހުމާލަކާ ނުލައި ހަލާކުވެއްޖެނަމަ ހަދައިދިނުމަށް ދޭ މުއްދަތަށް މާކްސް ދޭވަރު

Warranty Period / Benchmark ) X Allocated Percentage

ސާރވިސް ވޮރަންޓީ

10%
  • ސާރވިސް ދިނުމަށް ހުށަހަޅާފައިވާ މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

Warranty Period / Benchmark ) X Allocated Percentage

ކޮމްޕެނީ ޕްރޮފައިލް

5%

  • ކުރީގައި މިކަހަލަ މަސައްކަތް ކުރިކަމުގެ ލިޔުންތައް ބަލައި މާކްސް ދެވޭނެއެވެ.
  • މި މަސައްކަތާ ގުޅޭ މަސައްކަތް ކޮށްފައިވާނަމަ ގިނަ މާކްސް ލިބޭނެއެވެ.

 

Based on the reference letters pointed will be awarded. More points given if similar works have been carried out before.

  • މި ބިޑް އިވެލުއޭޓްކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީންނެވެ.
  • މި ބިޑް އިވެލުއޭޝަން ކޮމެޓީން ނިންމުމަށްފަހު ބިޑް ކާމިޔާބު ކުރައްވާ ފަރާތަކަށް އެކަން އެންގޭނެއެވެ.
  • މި ބިޑް އިވެލުއޭޝަން ކުރުމަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުން:

07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތު ފާއިތުވުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

އަންދަސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވާނީ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މި އިދާރާގައެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ 6660714 އަށް ގުޅުއްވުން އެދެމެވެ.

ފައިސާ ދިނުމަށް ހަމަޖެހިފައިވާގޮތް :

ބިޑް ކާމިޔާބު ކުރާ ފަރާތަކުން ތަކެތި މި އިދާރާއަށް ހަވާލުކޮށް ބިލް ހުށަހަޅާތާ 01 މަސްދުވަހުގެ ތެރޭގައެވެ.

08 ޝަޢުބާން 1436

26 މޭ 2015