ދިވެހިރާއްޖެ
އިޢުލާން
މިއަދު (2024 ޖުލައި 24 ވާ ބުދަ) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު ހިނގަމުންދާއިރު، އިންތިޚާބުގެ އެއްވެސް ކަމަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހަޅާނީ މި އިއުލާނާއެކު އެޓޭޗްކޮށްފައިވާ "ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު [email protected] އީމެއިލްއަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ.
އަދި ޝަކުވާ ހުށަހަޅާ ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިންވެސް ލިބޭނެ ވާހަކަ ދެންނެވީމެވެ.
18 މުޙައްރަމް 1446