ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)221-BU/221/2024/25
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 24 ޖުލައި 2024 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ

އިޢުލާން

މިއަދު (2024 ޖުލައި 24 ވާ ބުދަ) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ  ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު ހިނގަމުންދާއިރު، އިންތިޚާބުގެ އެއްވެސް ކަމަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހަޅާނީ މި އިއުލާނާއެކު އެޓޭޗްކޮށްފައިވާ "ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބާއި ގުޅޭ ޝަކުވާ ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު [email protected] އީމެއިލްއަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށެވެ.

އަދި ޝަކުވާ ހުށަހަޅާ ފޯމު މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv  އިންވެސް ލިބޭނެ ވާހަކަ ދެންނެވީމެވެ.

      

                     18 މުޙައްރަމް  1446    

 

24 ޖުލައި 2024