މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން ގެސްޓްހައުސް ތަރައްޤީކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ގެސްޓްހައުސް ތަރައްޤީކުރުމަށް 2500 އަކަފޫޓުގެ 2(ދޭއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 5 އޯގަސްޓް 2024ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 30 ޖުލައި 2024ވާ އަންގާރަ ދުވަހުން ފެށިގެން 5 އޯގަސްޓް 2024ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 19 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.

ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

 

 

 

 

 

ޕްރީ ރިކުއިޒިޓް

އާއެކޭ

ނޫނެކޭ

 

 

 

 

 

 

މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ

ގެސްޓްހައުސް:

  • މަދުވެގެން ހުންނަންޖެހޭ އެނދުގެ ޢަދަދު 5 ކޮޓަރި (10އެނދު)
  • މަދުވެގެން ކޮޓަރިއަކަށް ކުރާ ޙަރަދު: -/50،000 (ފަންސާސް ހާސް) ރުފިޔާ
  • މަދުވެގެން އިންވެސްޓް ކުރާނެ އަދަދު: -/2،000،000 (ދެ މިލިއަން) ރުފިޔާ

 

 

       

 

މާކްސް ދެވޭ ބައިތައް

މިންވަރު

ތަފްސީލް

ފޯމިއުލާ

 

 

 

އިންވެސްޓްކުރާ މިންވަރު

 

 

 

40%

 

  • މިއީ، ބިޑް ހުށަހަޅާ ފަރާތުން އިންވެސްޓްކުރުމަށް ހުށަހަޅާ އަގެވެ.
  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Amount / Submitted Amount) x %40

 

 

ކުލި (އަކަފޫޓަކަށް ހުށައެޅޭ ކުލި)

 

 

 40%

 

  • ބީލަމަށް ހުށަހަޅާ ފަރާތުން ހުށަހަޅާ ކުލި / އެންމެ މަތިން ބީލަމަށް ހުށައެޅިފައިވާ ކުލި x40 )
  • އަކަފޫޓަކަށް ކަނޑައަޅާ އެންމެ ކުޑައަގަކީ އޭރިޔާގެ އަކަފޫޓަކަށް މަހަކު 80 ލާރި އެވެ.

 

(Benchmark Amount / Submitted Amount) x 40%

 

ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު

 

 

 

 

 

  • މިބަޔަށް މާކްސް ދެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުން އިތުރުކުރާ އެންމެ ބޮޑުއަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން ހުށަހަޅާ އަގަކީ ކުލީގެ %35 އަށްވުރެ ކުޑަނޫން އަގެއް ކަމުގައި ވާންވާނެއެވެ.

(Benchmark Amount / Submitted Amount) x 10%

 

އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް

 

 

 5%

 

 

 

  • އިޖްތިމާއީ ކަންކަމަށް އަހަރަކަށް ހޭދަކުރާން ހުށަހަޅާނެ މިންވަރެވެ.

 

Benchmark) Amount / Submitted Amount) x 5%

 

ތަޖުރިބާ

5%

 

 

  • މިބަޔަށް މާކްސް ދެވޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.

 

(Submitted years of experience / Benchmark  years x 5%)

 

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

23 ޖުލައި 2024

 

23 ޖުލައި 2024
ހޯދާ