ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ ޓުއަރިޒަމް ވިލެޖް 1ން، ގެސްޓްހައުސް ތަރައްޤީކުރުމަށް 2500 އަކަފޫޓުގެ 2(ދޭއް) ބިން 30 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
މިކަމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިބިންތައް ކުއްޔަށް ނެގުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 5 އޯގަސްޓް 2024ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގެ ބިޑްފޮތް އަދި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް، 30 ޖުލައި 2024ވާ އަންގާރަ ދުވަހުން ފެށިގެން 5 އޯގަސްޓް 2024ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 11:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/5،000 (ފަސް ހާސް) ރުފިޔާއެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދަންނަވަމެވެ. ބިޑްހުށަހެޅުން އޮންނާނީ 19 އޯގަސްޓް 2024 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.
ބިޑްފޮތް ގަތުމަށް އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
| 
 
 ޕްރީ ރިކުއިޒިޓް  | 
 އާއެކޭ  | 
 ނޫނެކޭ  | 
|
| 
 
 
 
 
 
 
  | 
 މާލީ ތަނަވަސްކަން ހުރި މިންވަރު - ލަފާކުރާ އިންވެސްޓްމަންޓްގެ %20 އިކުއިޓީ ގެސްޓްހައުސް: 
  | 
 
  | 
 
  | 
| 
 މާކްސް ދެވޭ ބައިތައް  | 
 މިންވަރު  | 
 ތަފްސީލް  | 
 ފޯމިއުލާ  | 
| 
 
 
 
 އިންވެސްޓްކުރާ މިންވަރު  | 
 
 
 
 40% 
  | 
  | 
 
 (Benchmark Amount / Submitted Amount) x %40  | 
| 
 
 
 ކުލި (އަކަފޫޓަކަށް ހުށައެޅޭ ކުލި)  | 
 
 
 40% 
  | 
  | 
 
 (Benchmark Amount / Submitted Amount) x 40%  | 
| 
 
 ކޮންމެ 5 (ފަހެއް) އަހަރަކުން ކުލި ބަދަލުވާނެ މިންވަރު  | 
 
 
 
 
 
  | 
  | 
 (Benchmark Amount / Submitted Amount) x 10%  | 
| 
 
 އިޖްތިމާޢީ ގޮތުން ދެވޭ ޚިދުމަތްތައް  | 
 
 
 5% 
 
  | 
 
 
  | 
 
 Benchmark) Amount / Submitted Amount) x 5%  | 
| 
 
 ތަޖުރިބާ  | 
 5% 
  | 
 
 
 
  | 
 (Submitted years of experience / Benchmark years x 5%)  | 
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
23 ޖުލައި 2024