ދިވެހިރާއްޖެ
މި އިދާރާއިން ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެ އިޢުލާނާއި ގުޅިގެން ޝަރުތު ފުރިހަމަވާ ބިޑެއް ނެތުމުން ވަނީ ބާޠިލްކޮށްފައެވެ. ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، ދެ މިސްކިތުގެ މަރާމާތުކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން ކޮޓޭޝަން ތައްޔާރު ކުރެއްވުމަށްފަހު 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނޫނީ [email protected] މެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.
މިގޮތަށް މި އެދުނީ މާލިއްޔަތު ޤަވާއިދުގެ 10.26 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އޮފީހުން ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވާތީ ކަމުގައި ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
12 މުހައްރަމް 1446