މަސައްކަތް
ނަންބަރު: (IUL)304-CA/304/2024/145
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 23 ޖުލައި 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮޓޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މި އިދާރާއިން ދުވާފަރު ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެ އިޢުލާނާއި ގުޅިގެން ޝަރުތު ފުރިހަމަވާ ބިޑެއް ނެތުމުން ވަނީ ބާޠިލްކޮށްފައެވެ. ދެ މިސްކިތުގެ މަރާމާތު މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ދެ މިސްކިތުގެ މަރާމާތުކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން ކޮޓޭޝަން ތައްޔާރު ކުރެއްވުމަށްފަހު 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނޫނީ [email protected] މެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

                 މިގޮތަށް މި އެދުނީ މާލިއްޔަތު ޤަވާއިދުގެ 10.26 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އޮފީހުން ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފައިވާތީ ކަމުގައި ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 މުހައްރަމް  1446

 

18 ޖުލައި 2024