ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީ ކުރުމާއި ގުޅޭ

މި ކޯޕަރޭޝަނުން އެދޭ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެކިކަހަލަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.

 

 ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ތަފްސީލް

ތަން

ސުންގަޑި

ވެންޑަރ ރެޖިސްޓްރޭޝަން

https://forms.gle/CSFoGMAkGLiqu3DaA

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

28 ޖުލައި 2024 / 13:00 ގެ ކުރިން

 

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

18 ޖުލައި 2024
ހޯދާ