ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން އެދޭ ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމަށް، ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވެންޑަރ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެކިކަހަލަ ޚިދުމަތް/މަސައްކަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއްދިނުމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކާއިއެކު ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ތަފްސީލް |
ތަން |
ސުންގަޑި |
ވެންޑަރ ރެޖިސްޓްރޭޝަން |
https://forms.gle/CSFoGMAkGLiqu3DaA ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ. |
28 ޖުލައި 2024 / 13:00 ގެ ކުރިން |
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.