މިސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމު
|
ނަރުހުން
|
ރޭންކް
|
އެމް.އެސް 3 (މެޑިކަލް ސަރވިސް 3)
|
ކްލެސިފިކޭޝަން |
މެޑިކަލް ސަރވިސް |
މުސާރަ |
-/5،610 ރުފިޔާ |
ސަރވިސް އެލަވަންސް
|
-/3،500 ރުފިޔާ |
އެކޮމޮޑޭޝަން އެލަވަންސް |
-/1،500 ރުފިޔާ |
ފުޑް އެލަވަންސް |
-/1،800 ރުފިޔާ |
ނޮންޕްރެކްޓިކްސް |
1,963/50 ރުފޔާ |
ބޭނުންވާ އަދަދު
|
08 |
ޝަރުޠު
|
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ސަރުކާރު ޤަބޫލުކުރާ އިންސްޓިއުޓެއްގައި ޖެނެރަލް ނަރސިންގ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ،
- ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން. ނުވަތަ،
- ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގެ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮގުން ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ،
- ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގ އިން ޑިގްރީއެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- ބަންދުގައި ތިބި ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
- ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
- ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ހާލަތަށް ތައްޔާރުކޮށްފައިހުރުން.
- އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.
- ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
- އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
- މެޑިކަލް ފައިލްތައް ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް |
- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.
- މަތީ ތަޢުލީމާއި ތަމްރީން.
|
އިންޓަރވިއު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ސުންގަޑި: |
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ). |
އިތުރު މަޢުލޫމާތު |
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- އެޕްލިކޭޝަންއާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
- މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް
ފޯން ނަންބަރު: 3312694، 3328443
ފެކްސް ނަންބަރު: 3313727
އީ މެއިލް: [email protected]
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށް ފެންނާނޭހެން ސާފު ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- މުއްދަތު ހަމަނުވާ ނާސިން ރެޖިސްޓްރޭޝަންގެ ކޮޕީ.
- ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.
- ފޯމާއެކު ހުށައަޅުއްވާ ހުރިހާ ލިޔެކިއުންތަށް ހުންނަން ވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.
|