ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-CC/1/2015/39
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 02 ޖޫން 2015 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ނަރުހުން

މިސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

ނަރުހުން

ރޭންކް

އެމް.އެސް 3 (މެޑިކަލް ސަރވިސް 3)

ކްލެސިފިކޭޝަން  މެޑިކަލް ސަރވިސް 
މުސާރަ  -/5،610 ރުފިޔާ 

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ 
އެކޮމޮޑޭޝަން އެލަވަންސް  -/1،500 ރުފިޔާ 
ފުޑް އެލަވަންސް  -/1،800 ރުފިޔާ 
ނޮންޕްރެކްޓިކްސް   1,963/50 ރުފޔާ 

ބޭނުންވާ އަދަދު

08 

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ސަރުކާރު ޤަބޫލުކުރާ އިންސްޓިއުޓެއްގައި ޖެނެރަލް ނަރސިންގ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޑިޕްލޮމާ އިން ނާރސިންގ އެންޑް މިޑްވައިފްރީ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން. ނުވަތަ،
  • ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގެ ރޮގުން ޑިޕްލޮމާ ފުރިހަމަކޮށްފައިވުމާއެކު އިތުރަށް ނަރުހުންގެ ފަންނީ ރޮގުން ޑިޕްލޮމާއެއް ނުވަތަ ސެޓްފިކެޓެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ،
  • ސަރުކާރު ގަބޫލުކުރާ އިންސިޓިއުޓެއްގައި ޖެނެރަލް ނަރސިންގ އިން ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  • ބަންދުގައި ތިބި ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
  • ރަސްމީ ޑިއުޓީ އިތުރުން އެމެޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ އެޓެންޑްވުން.
  • ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ހާލަތަށް ތައްޔާރުކޮށްފައިހުރުން.
  • އޯޕީޑިގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ޞިއްޙީ ފަރުވާ ދިނުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދުމުންދާ ޤައިދީންގެ މަންތްލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.
  • އަލަށް ގެންނަ ޤައިދީން ސްކްރީން ކުރުން.
  • މެޑިކަލް ފައިލްތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް 
  • މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.
  • މަތީ ތަޢުލީމާއި ތަމްރީން.
އިންޓަރވިއު ކުރުން  މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 
ސުންގަޑި:  މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅުއްވުން އެދެމެވެ. (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ). 
އިތުރު މަޢުލޫމާތު 
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަންއާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް: 
  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށް ފެންނާނޭހެން ސާފު ކޮޕީއެއް)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • މުއްދަތު ހަމަނުވާ ނާސިން ރެޖިސްޓްރޭޝަންގެ ކޮޕީ.
  • ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.
  • ފޯމާއެކު ހުށައަޅުއްވާ ހުރިހާ ލިޔެކިއުންތަށް ހުންނަން ވާނީ ފޯމާއެކު ސްޓޭޕްލް ކުރެވިފައެވެ.
18 މޭ 2015