ދިވެހިރާއްޖެ
ތިރީގައިއެވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.
- ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައި ޕާޓިޝަނެއް ހަދައި ހަރުކުރުން.
- ކައުންސިލްގެ އިދާރާއަށް ދަނގަޑުން ސްޓޭޖެއް ވެލްޑިންކޮށް ހަދައިދިނުން.
މި މަސައްކަތްތަކާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން: https://n9.cl/wrks418ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ޕާޓިޝަނެއް ހަދައި ހަރުކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. އަދި ކައުންސިލްގެ އިދާރާއަށް ދަނގަޑުން ސްޓޭޖެއް ވެލްޑިންކޮށް ހަދައިދިނުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:20 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.