ބީލަން
ނަންބަރު: (IUL)418-AS/418/2024/34
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 18 ޖުލައި 2024 13:20
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

      ތިރީގައިއެވާ މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

  • ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައި ޕާޓިޝަނެއް ހަދައި ހަރުކުރުން.
  • ކައުންސިލްގެ އިދާރާއަށް ދަނގަޑުން ސްޓޭޖެއް ވެލްޑިންކޮށް ހަދައިދިނުން.

 

މި މަސައްކަތްތަކާއި ބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުން: https://n9.cl/wrks418ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު.ކޯޑު ސްކޭންކޮށްގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ޕާޓިޝަނެއް ހަދައި ހަރުކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. އަދި ކައުންސިލްގެ އިދާރާއަށް ދަނގަޑުން ސްޓޭޖެއް ވެލްޑިންކޮށް ހަދައިދިނުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:20 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

16 ޖުލައި 2024