ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2023 އަށް އިސްލާޙު ގެނައުން

"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް  2023 (ފުރަތަމަ އިޞްލާޙު)" އަށް ބައެއް އިޞްލާޙު ގެނެސް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް ޢަމަލުކުރަންފަށާނީ، 2024 އޮގަސްޓު 01 ވަނަ ދުވަހުން ފެށިގެންނެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2023 (ފުރަތަމަ އިޞްލާޙު) އަށް ގެނެސްފައިވާ ބަދަލުތައް:

އުޞޫލުގެ 14 ވަނަ މާއްދާގެ (ށ) އަށް ތިރީގައިވާ ނަންބަރު އިތުރުކުރުން:

  1. A2 ޝީޓުން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތް ވަޒީފާ ބޭނުންނުވާ ޙާލަތުގައްޔާއި ވަޒީފާއަށް ހަމަޖައްސާ ފަރާތް ޕްރޮބޭޝަނުގެ މުއްދަތުގައި ވަޒީފާއިން ވަކިވާ ޙާލަތުގައި ދެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަށް ވަޒީފާ ހަމަޖެއްސިދާނެވެ.

 

 

އުޞޫލުގެ 16.1 ވަނަ މާއްދާގެ (ށ) ތިރީގައިވާ ގޮތަށް އިސްލާޙުކުރުން:

ސިވިލް ސަރވިސްގެ ވަޒީފާގައި ދެމިހުރި މުވައްޒަފަކު (ޚިދުމަތް މެދުނުކެނޑޭގޮތަށް) މުއްދަތު ކަނޑައެޅިފައިވާ މަގާމަކަށްދާހިނދު ނުވަތަ އެފަދަ މަޤާމަކުން (ޚިދުމަތް މެދުނުކެނޑޭގޮތަށް) ސިވިލް ސަރވިސްގެ ދާއިމީ މަޤާމަކަށް ބަދަލުވާ އިރު، އަދި، މުއްދަތު ކަނޑައެޅިފައިވާ މަގާމަކުން އެފަދަ އެހެން މަގާމަކަށް (ޚިދުމަތް މެދުނުކެނޑޭގޮތަށް) ބަދަލުވާ އިރު، ކުށުގެ ރެކޯޑު ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މި ކޮމިޝަނުގެ ވެބްސައިޓުގެ https://www.csc.gov.mv/Policy/Index/51 ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ވެސް ދެންނެވީމެވެ.

16 ޖުލައި 2024
ހޯދާ